ads
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި، އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް. ފައިލް ފޮޓޯ: ސަން
މިނިވަން ދުވަހުގެ ޕެރޭޑު މާލެ އާއި ހުޅުމާލޭގައި
މިނިވަން ދުވަހުގެ މަގުމަތީ ހިނގާލުން މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
Advertisement

މި ޕެރޭޑު ބާއްވަން ހަމަޖެހިފައި ވަނީ، ހޮނިހިރު ދުވަހު މާލޭގައި އަދި އާދިއްތަ ދުވަހު ހުޅުމާލޭގައެވެ. މި ދެ ދުވަހު ވެސް ހިނގާލުން ފަށާނީ ހަވީރު 4:15 ގައެވެ.

އެމްއެންޑީއެފްގެ މަގުމަތީ ހިނގާލުމުގައި، މިލިޓަރީ ބޭންޑާ އެކު، ފަސް ގެމައެއް ހިމެނޭނެ އެވެ. މި މަގުމަތީ ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ކާނަލް ހުސައިން ޢަލީ އެވެ.

މާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ވެލާނާގޭ ކަންމަތިން ފަށައިގެން ލަޝްކަރު ފަސް ސަރަހައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި، ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތީގައި ލަޝްކަރު މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެ އެވެ.

ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރާންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ.

މިނިވަން ދުވަހުގެ ހިނގާލުމުގައި މި އަހަރު ސިފައިންނާ އެކު، ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ އެވެ. ބެލެވޭ ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ވަޑައިގަންނަވާ އިރު، މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވެސް މޯދީ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް