ރައީސް މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މޯދީ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުއެވެ. އެމަނިކުފާނަށް ވެލާާނާ އެއާޕޯތުން ރަސްމީކޮށްް މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މޯދީއަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓްގައި ވަނީ މަޖީދިއްޔާ ސްކޫލް ކުދިންގެ ނެށުމެއް ހުށައަޅާދީފައެވެ. މި ނެށުން ހުށައަޅާދީނީ ދިވެހި ބަހުން މޯދީއަށް ތައުރީފުކޮށް ހަދާފައިވާ ލަވައަކަށެވެ.
ރާއްޖޭ ދިދައާއި އިންޑިއާ ދިދަ ހިފައިގެން ދިވެހި ދަރިވަރުން ނެށި ދިވަހި މި ލަވައިގައި އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މަރުހަބާ ކިޔާފައިވަނީ ހިންދީ ބަހުންނެވެ.
މޯދީއަށް މަރުހަބާ ކިޔުމަށް އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކުވެސް ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެއާޕޯޓްގައި ގުގުމާލާފައި އޮތީ އެމީހުންގެ މޯދީއަށް ކީ މަރުހަބާގެ އަޑެވެ.