ads
ފިޝަރީޒް މިނިސްޓަރ ޝިޔާމް
އިންޑިޔާއަކީ މަސްވެރިކަމުގައި މުހިއްމު ބައިވެރިއެއް: ޝިޔާމް
ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި އިންޑިޔާއަކީ މުހިއްމު ބައިވެރިއެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement

ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަރުހަބާ ވިދާޅުވެ، ސޯޝަލް މީޑިއާގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ އިންޑިޔާއަކީ މަސްވެރިކަމުގެ ސިނާއަތުގައި އަބަދުވެސް ރާއްޖޭގެ މުހިއްމު ބައިވެރިއެއް ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގައި އިންޑިއާއަކީ ޒަމާނުއްސުރެ ގާތް އަދި އިތުބާރު ކުރެވޭ ބައިވެރިއެއް؛ އމަސް ޕްރޮސެސްކުރާ ވަސީލަތްތައް ގާއިމްކުރުމުން ފެށިގެން އަޅުގަނޑުމެންގެ ޖަޒީރާތަކުގައި އައިސް ޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާ ހަމައަށް. ޝިޔާމް

ވަޒީރު ވިދާޅުވީ، އިންޑިއާގެ ދީލަތި މާލީ އެހީތެރިކަމާއެކު، މި މަސައްކަތްތަކުގެ ސަބަބުން ލޯކަލް ވެލިއު އެޑިޝަން ފުޅާކުރުމާއި، ކޮލިޓީއާއި ޝެލްފް ލައިފް އިތުރުކުރުމާއި، އަޅުގަނޑުމެންގެ މަސްވެރި މުޖުތަމައުތަކަށް މާނަހުރި ފުރުސަތުތަކެއް ލިބިގެންދާ ކަމަށެވެ. 

ރާއްޖޭގެ 60 ވަނަދުވަހު މިނިވަން ދުވަހުހެ ހަރަކާތްތަކުގައި ބައިވެރިވެޑައިގަތުމަށް އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ. އިނގިރޭސިވިލާތަށް މޯދީ ކުރެއްވި ދަތުރުފުޅަށް ފަހު ލަންޑަނުން މޯދީ ރާއްޖެ ވަޑައިގެންނެވުމުން މޯދީއަށް ވެލާނާ އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް