
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެެއްގައި މިއަދު ހެނދުނު ބޮޑުވަޒީރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފައެވެ. މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔުމަށް އިންޑީއާގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ އެއާޕޯޓަށް ގޮސްފައެވެ. ެއެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ދެ ގައުމުގެ އެކުވެރިކަން ކުރިއަރުވަން އިންޑިއާ ރައްޔިތުން މުހިންމު ދައުރެއް އަދާކުރާކަމަށެވެ.
ވެލާނާ އެއާޕޯޓަށް ޖަމާވި އިންޑިއާ ރައްޔިތުންނާއި މޯދީ ބައްދަލުކުރައްވަނީ
ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި މިއަދު ރާއްޖޭގެ އާއި އިންޑިއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާނެއެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިންމު ފާހަގަކުރުންވެސް އޮންނާނެއެވެ.