ads
ބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔުމަށް ޖުމްހޫރި މައިދާނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މޯދީގެ އެކްސް އެކައުންޓް
މޯދީއަށް މާލެއިން ރަސްމީކޮށް މަރުހަބާ ކިޔައިފި، 21 ބަޑީގެ ސަލާމެއް
މިއަދު ރާއްޖެ ވަަޑައިގެން އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ސަރުކާރުން ރަސްމީކޮށް މަރުހަބާ ކިޔައިފިއެވެ.
Advertisement

ބޮޑުވަޒީރު މޯދީއަށް ރަސްމީކޮށް މަރުހަބާ ކިޔުން އޮތީ ޖުމްހޫރީ މައިދާނުގައެވެ. 

މޯދީއަށް މާލެއިން މަރުހަބާ ދެންނެވީވެސް ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި މިނިސްޓަރުންނާއި ދިވެހި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މާލެއަށް މޯދީ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ސްކޫލް ކުދިންގެ ނެށުމެއް ހުށައަޅާދީފައެވެ. އަދި 21 ބަޑީގެ ސަލާމަކާއި ގާޑް އޮފެ އޮނާއެއް ވަނީ އަރުވާފައެވެ. 

your imageބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔުމަށް ޖުމްހޫރި މައިދާނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މޯދީގެ އެކްސް އެކައުންޓް 

މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން އޮތީ ވަރަށް ބޮޑަށް ޒީނަތްތެރިވެސް ކޮށްފައެވެ. އެގޮތުން ސަރަހައްދުގައި ހުންނަ އެމްއެންޑީއެފްގެ ސްކްރީނުގައި ވަނީ މޯދީގެ ފޮޓޯފުޅެކެވެ. އަދި އެ ސަރަހައްދުގައިވަނީ ގިޑިގެވެސް ހަރުކޮށްފައެވެ. 

your imageބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔުމަށް ޖުމްހޫރި މައިދާނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މޯދީގެ އެކްސް އެކައުންޓް 

ރަސްމީކޮށް މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތްތަކަށްފަހު އެމަނިކުފާނު ރައީސް އޮފީހާ ހަމައަށް ވަޑައިގަތީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރީންނާ އެކުގައެވެ.

your imageބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔުމަށް ޖުމްހޫރި މައިދާނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް 

އިންޑިއާ އާއި ރާއްޖެ ދެމެދު ބާއްވާ ރަސްމީ މަޝްވަރާތައް މިހާރު ދަނީ ރާއިސް އޮފީހުގައި ކުރިޔަށެވެ. އަދި މި މަޝްވަރާތަކަށްފަހު ދެ ގައުމު ވެރިން  ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއް ދިނުން އޮންނާނެއެވެ. މީގެއިތުރުން އިންޑިއާގެ އެހީގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރުން އޮންނާނެއެވެ. 

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވަމުން ގެންދަވަމުން ގެންދަވާ ދަތުރުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް