ads
4000 ފްލެޓް ނިންމާ ރަމްޒީ ތަޅުދަނޑި ރަައީސް މުއިއްޒާއި މޯދީ ހަވާލުކުރައްވަނީ
4000 ހައުސިން ޔުނިޓު ނިންމާ ސަރުކާރާ ހަވާލުކޮށްފި
އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި އެޅި 4000 ހައުސިން ޔުނިޓުތައް ނިންމާ ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.
Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރި 4000 ޔުނިޓު ނިންމާ ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މިމަސައްކަތް ނިންމާ އެރުވު "ރަމްޒީ ތަޅުދަނޑި" އާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. 

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި 4000 ފްލެޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުއެވެ. މި ހައުސިން ޔުނިޓްގައި ދެ ކޮޓަރީގެ 1200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 2800 އެޕާޓްމަންޓް ހުރެއެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ވަނީ ފަށާފައެވެ.

މި ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމުކޮށްފައެވެ. 

އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް