މިތަކެތި ހަދިޔާކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުތަ މޯދީ މިާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޚޫގެ ތެރެއިން މިއަދު ހަވީރި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އިންޑިއާއިން ހަދިޔާކުރި ވެހިކަލްތަކުގެ ރަމްޒީ ތަޅުދަނޑި ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވެޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާކުރި ވެހިކަލްތައް
އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާކުރި ވެހިކަލްތައް
އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާކުރި ވެހިކަލްތައް
މި ވެހިކަލްތަކަކީ މި އަހަރުގެ ކުރީކޮޅު ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އިންޑިއާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހާ އެކު ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ދޭން ނިންމި ވެހިކަލްތަކެކެވެ.