ads
އިންޑިއާއިން ރާއްޖެއަށް ހަދުޔާކުރި ޕޯޓަބަލް 2 ހޮސްޕިޓަލާއި ރައީސް މުއިއްޒު ހަވާލުވެވަޑާއިގަންވަނީ
އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް 2 ހޮސްޕިޓަލް ހަދިޔާކޮށްފި
އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް 2 ހޮސްޕިޓަލް ހަދިޔާކޮށްފިއެވެ.
Advertisement

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރީ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އެވެ. މީ  ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބެވެ.

މި ތަކެތި ރާއްޖެއަށް ހަދިޔާކުރީ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ތަކެއްޗާއި ރާއްޖޭގެ ފަރާތުން ހަވާލުވެޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

your imageއިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ކައިރީ މޯދީއާއި ރައީސް މުއިއްޒު މަޑުކުރައްވައިގެން 

މިހެލްތު ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރަކާ ޕަވާ ޖަނަރޭޓަރަކާއި ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިން ހިމެނެއެވެ. ބޮޑެތި ހާދިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ހިދުމަތް ދިނުމަށް ބޭނުންކުރާ މި މެޑިކަލް ކިއުބަކީ މެދު ނުކެނޑި 72 ގަޑިއިރު ބޭނުންކުރެވޭ އެއްޗެކެވެ. އަދި މިކިއުބްތަކުން 200 މީހުންނަށް އެއް ފަހަރާ ފަރުވާދެވޭނެއެވެ. ބޭނުންވާ ކޮންމެ ސަރަހައްދަކަށް ގެންގޮސް ބޭނުން ކުރެވޭ މި ކިއުބްތައް ރަވާ އެތަންތަނުން ފަރުވާ ދިނުމަށް ނަގާނީ އެންމެ 12 މިނެޓެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް