ރައީސް ސާލިހްގެ ތަހުނިޔށާ މެސެގުގައި ވަނީ މިނިވަންކަމަށް 60 އަހަރު ފުރޭ މއުފާވެރި ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފުރިހަމަ މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތުމަށް، ގައުމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަކީ ކުރަންޖެހޭކަމަށެވެ. އަދި ދިވެހިންނަކީ އަބަދުވެސް ދިވެހިންގެ ކަންކަމުގައި ފަހުބަސް ބުނެ އަމިއްލައަށް ގޮތް ނިންމާ ބައެއްކަން ސާލިހް ފާހަގަކުރެއްވިއެވެ.
އިނގިރޭސީންގެ ހިމާޔަތުގައި އޮތުމަށް ފަހު ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރެވެ.