ads
ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކަރެކްޝަންސްގެ ސެކިއުރިޓީ ސެންޓްރަލައިޒްކޮށް، ސެންޓްރަލް ސީސީޓީވީ ރޫމް ހުޅުވުން
ދިވެހި ޖަލުތަކުގެ ސެކިއުރިޓީ ބަލަައްޓަން އޭއައި ގެ އެހީ
ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން "ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް" ގެ ނަމުގައި އާ ކޮމާންޑެއް އުފައްދައި، މުސްތަގުބަލުގައި އޭއައި ޓެކްނޮލޮޖީގެ އެހީ ހޯދުމަށް ނިންމައިފިއެވެ.
Advertisement

ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޖަލުތަކުގެ ސެކިއުރިޓީ ކަންތައްތައް ސެންޓްރަލައިޒްކޮށް މޮނިޓަރކުރުމާއި ސެކިއުރިޓީ ހަރުދަނާކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމެވެ.

ހޯމް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ހުޅުވައިދެއްވި މި ކޮމާންޑްގެ ސެންޓްރަލް ސީސީޓީވީ މޮނިޓަރިންގ ރޫމް ގާއިމުކޮށްފައިވަނީ ހުޅުމާލޭ ޖަލުގައި އަލަށް ހަދާ ކަރެކްޝަންސްގެ ހެޑް އޮފީހުގެ އިމާރާތުގައެވެ. މި ސިސްޓަމްގައި ހުރިހާ ޖަލެއްގެ ސީސީޓީވީތައް 24 ގަޑިއިރު މޮނިޓަރކުރެވޭނެއެވެ. ސީސީޓީވީ ވީޑިއޯ ފުޓޭޖް ސްޓޯރކުރުމަށާއި ވީޑިއޯ އެނަލައިޒްކުރުމަށް ބޭނުންކުރާނީ އެކަމަށް ހާއްސަ ޓެކްނޮލޮޖީއެއްކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ކަރެކްޝަންސްއިން ބުނިގޮތުގައި މި ނިޒާމަކީ ގިނަ ކެމެރާތަކެއްގެ ފުޓޭޖް ދިގު މުއްދަތަށް ރައްކާކޮށް، ބޭނުންވާ ފުޓޭޖް ފަސޭހައިން ހޯދާލެވޭ ނިޒާމެކެވެ. މުސްތަގުބަލުގައި މި ސިސްޓަމްއަށް އޭއައި އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެކަމަށް ބުންޏެވެ. މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުން ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާވެ، ޖަލަށް މަނާތަކެތި ވެއްދުން މަދުވެ، ޖަލުތަކުގައި ހިނގާފާނެ ހާދިސާތައް ވެސް މަދުވެގެންދާނެކަމަށް ކަރެކްޝަންސްއިން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް