ads
ރައީސް މުއިއްޒު އާއި ޕްރައިމް މިނިސްޓަރު މޯދީ
ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ދަރަނި 40 ޕަސަންޓަށް ދަށްކޮށްދީފި
ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ދަރަނި 40 ޕަސަންޓަށް ދަށްކޮށްދީފިއެވެ. މި ބަދަލާއެކު ރާއްޖެއިން އަހަރަކު ދައްކަންޖެހޭ ފައިސާގެ އަދަދު 51 މިލިއަން ޑޮލަރުން 29 މިލިއަން ޑޮލަރަށް ދަށްވާނެކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރީ ވިކްރަމް މިސްރީ ވިދާޅުވެއްޖެއެވެ.
Advertisement

މި ލުއިތައް ދިނުމަށް އިންޑިއާއިން ނިންމީ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ބޭއްވެވި މަޝްވަރާތަކަށް ފަހުގައެވެ. މީގެ އިތުރުން، އިންޑިއާއިން ވަނީ 4,850 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 750 މިލިއަން ޑޮލަރު) ގެ އައު ލައިން އޮފް ކްރެޑިޓެއް ރާއްޖެއަށް ދޫކުރުމަށްވެސް އެއްބަސްވެފައެވެ.

ފޮރިން ސެކްރެޓަރީ މިސްރީ ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރާއެކު ހަދާފައިވާ 878 މިލިއަން ޑޮލަރުގެ އެލްއޯސީގެ ތެރެއިން ބޭނުންކޮށްފައިވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. އެކި ސަބަބުތަކާ ހެދި މި ފެސިލިޓީ އެއްކޮށް ބޭނުން ނުކުރި ނަމަވެސް، ކުރިން އޮތީ ޖުމްލަ ރީޕޭމެންޓް ދައްކަން ފަށަންޖެހޭ ގޮތަށްކަމަށާއި އެކަން މިހާރު ބަދަލުކޮށްދީފައިވާ ކަމަށް ބުންޏެވެ. ބޮޑުވަޒީރު މޯދީ، ރާއްޖޭގެ މިނިވަން ދުވަހުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް