
މި ހަރަކާތްތައް މިއަހަރު ބާއްވާފައިވަނީ ޖުމްހޫރި މައިދާނު ސަރަހައްދުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ، މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނާއި އެކު މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީވެސް ބައިވެރިވެޑައިގަތެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން
މި ހަރަކާތުގައި ދިވެހި ގައުމީ ދިފާއީ ބާރާއި ކެޑޭޓްކޯގެ ހެވިކަމުގެ ހަރަކާތާއި ޕެރޭޑު ވަނީ ދައްކާލާފައެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން
މީގެއިތުރުން މާލެ ސަރަހައްދުގެ 4 ސްކޫލެއްގެ ދަރިވަރުންގެ ތަފާތު ހުށައެޅުންތައްވެސް ވަނީދައްކާލާފައެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން
އަދި ބައެއް ސަގާފީ ހުށައެޅުންތައްވެސް ވަނީ ދައްކާލާފައެވެ. ސަގާފީ ހުށައެޅުންތައް ގެނެސްދިނީ ކެލާ ޔޫތު ފޯރަމާއި، މުލީ އެކުވެރިންގެ ދިރުމާއި ހޭވައްލާ ބޮޑުބެރު ގުރޫޕްއެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 8:30 ގައެވެ. އަދި މާދަމާ ހަވީރު މާލޭގައި ޕެރޭޑު އަދި މާދަމާ ރޭ 8:30 ގައި މާލޭގައި ފުޅަނދުބުރުވެސް އޮންނާނެއެވެ.