ads
ޓޮމް - ފޮޓޯ ސިޑިބަރި
އެފްއޭއެމްގެ ރައީސްކަމަށް އަނެއްކާވެސް ޓޮމް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގް (ޓޮމް) ދެވަނަ ފަހަރަށް އިންތިހާބު ކޮށްފި އެވެ.
Advertisement

ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބުގައި މި ފަހަރު ވާދަކުރެއްވީ ވެސް ތޯރިގް އެކަންޏެވެ. އެފްއޭއެމްގެ އިލެކްޓޯރަލް ކޮންގްރެސްއިން ނިންމީ، އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން، އަތް ހިއްލައިގެން ވޯޓް ނެގުމަށެވެ. 

ކޮންގްރެސްގެ 32 މެންބަރުންގެ އިއްތިފާގުން ތޯރިގްގެ އެކްސްކޯ ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމަށް އިންތިހާބު ކުރި އެވެ.

2016 ގައި ވެސް އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގް ވަޑައިގެންނެވި އެވެ. އެކަމަކު ހަތަރު މަސް ނުވަނީސް، އެފްއޭގެ އެކްސްކޯގެ މިނިމަލް ކޯރަމް ގެއްލުނީއެވެ. 

ތޯރިގްގެ ނައިބު ރައީސުންނަކީ ސީނިއާ ވައިސް ޗެއާމަނުން ކަމަށްވާ އަލީ އިބްރާހީމް (ކައްޕި) އާއި، މުޖުތަބާ ޖަލީލް (މުޖޭ)ގެ އިތުރުން މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ. 

އޭނާގެ އެކްސްކޯގައި ދެން ހިމެނޭ މެންބަރުންނަކީ ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުމައިރު މުހައްމަދު އާއި ޓީސީ ސްޕޯޓްސްގެ އަހުމަދު އައްބާހާއި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން އާއި އޮޑި ސްޕޯޓްސްގެ އަބްދުﷲ ނާސިހު އެވެ. އަންހެން ދެ މެންބަރުންނަކީ ހައްވާ ނަސްރާ ސައީދު އާއި ހައްވާ ރަޝީދާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް