ads
މާލެ ވަށާ ތޮށި މަރާމާތުކުރަން ޖަޕާނުން 10.5 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
މާލެ ވަށާ ތޮށި މަރާމާތުކުރަން ޖަޕާނުން 10.5 މިލިއަން ޑޮލަރު ދެނީ
މާލެ ވަށާ ތޮށި މަރާމާތުކުރަން ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމައިފިއެވެ.
Advertisement

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި 'އެކްސްޗޭންޖު އޮފް ނޯޓްސް'ގައި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓާ ފޯ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ. 

އެ އެއްބަސްވުމުގެ ދަށުން، މާލޭގެ ތޮށި މަރާމާތުކުރުމަށް "ކޮންސްޓްރަކްޝަން ފޭސް" އަށް ބޭނުންވާ 10.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ޖަޕާން ދިނުމަށް ވަނީ ނިންމާފައެވެ. 

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މިނިސްޓަރު ހަލީލް ވިދާޅުވީ އެތޮށްޓަކީ ހަމައެކަނި ރައްކާތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަމަށެވެ.

1987 ވަނަ އަހަރު މާލެއަށް ބޮޑު ރާޅު އަރާ ލިބުނު ގެއްލުމަށްފަހު މާލެ ވަށާ ތޮއްޓެއް ލީ ޖަޕާނު ސަރުކާރުގެ އެހީގައެވެ. ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރީ 1993 އިން 2002 އާއި ދެމެދުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް