ads
ދުވެހި ދައުލަތަށް ގިނަދުވަހު ހިދުމަތްކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސާބިރު
ސާބިރު އަވަހާރަވުމަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް: ރައީސް
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސާބިރު އަވަހާރަވުމަކީ މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއްކަމަށް ރައީސްް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ސާބިރު އަވަހާރަވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ތައުޒިޔާގެ މެސުޖުގައެވެ. 

ރައީސްގެ މެސެޖުގައި ވިދާޅުވީ ހަސަން ސާބިރު އަވަހާރަވި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައިކަމަށެވެެ. އަދި އެމަނިކުގާނު އަވަހާރަވުމަކީ މުޅި ދިވެހި ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއްކަމަށް ރައީސް ވިދާޅުވިއެވެ. 

ހަސަން ސާބިރަކީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން،  ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގައިކަމަދެވެ. 

" އެމަނިކުފާނަކީ، ރާއްޖެއިން އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ހާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއް. މާތްﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން." ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ސާބިރު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެ އާލާސްކަންފުޅުގައި އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ސާބިރު ދިގު މުއްދަތަކަށް ދައުލަތަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ސާބިރަށް ރައީސް މުއިއްޒު އެރުވީ އިއްޔެ ބޭއްވި 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް