
ބ. އަތޮޅުގައި އާރުޓީއެލްހެ ހިދުމަތް ފެށުމުން އެއަތޮޅުގައި އެއާޕޯރޓް ގާއިމްކޮށްފައިވާ ދަރަވަންދޫ ހިމެނޭހެން މީހުން ދިރިއުޅޭ 13 ރަށް ގުޅާލެވިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ބ . އަތޮޅުގައި އާރުޓީއެލް ހިދުމަތް މިއަދު ފަށާ އެއް ހަފްތާ ވަންދެން ހިލޭ ދަތުރުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ދަތުރުތަކަށް އަގު ނަގަން ފަށާނީ އަންނަމަހުގެ 4 ވަނަ ދުވަހުން ފެށިގެންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް މިއަދު ފެށުމުގެ ތެރެއިން
ބ. އަތޮޅުގައި ހިދުމަތް ދޭނީ 2 ރޫޓަށްކަމަށް މިނިސްޓްރީން ވަނީ ބުނެއެވެ. ހިދުމަތުގައި 2 ލޯންޗު ބޭނުންކުރާއިރު ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއާޕޯޓް ހިދުމަތާއި އާންމު އެހެނިހެން ހިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާގޮތަށްކަމަށް ޓްޜާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެއެވެ.
ޖީބަށް ލުއި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ސަރުކާރުންނެވެ. ނ އަތޮޅާއި ރ. އަތޮޅުގައި މި ހިދުމަތް ފެށި މި ސަރުކާރުންނެވެ. ބ. އަތޮޅުގައި ހިދުމަތް ފެށުމުން 11 އަތޮޅުގައި މި ހިދުމަތް ލިބޭނެއެވެ. އެ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ރ، ޅ،ގއ، ގދ އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއެވެ.
އެމްޓީސީސީން ބުނީ ބާކީ އޮތް 09 އަތޮޅުގައި މި ހިދުމަތް ފެށުމަށްް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ