
އާރުޓީއެލް ލޯގޯގައި އިންނަ ރީނދޫ ކުލަ ބަދަލުކޮށް އެތަނުގައި އަޅި ކުލަ ބޭނުން ކުރަން ވަނީ ފަށާފައެވެ. މިކަން އެނގުނީ އިއްޔެ ބ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ފެށިކަން ހާމަކޮށް ސަރުކާރުގެ ތަރުޖަމާނު ހިނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓުންނެވެ. އެއާއެކު ގިނަ ބައެއްގެ ފާޑިކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ކުރިން އާރުޓީއެލް ލޯންޗުތަކުގައި ފެންނަ އިން ލޯގޯ
އާރުޓީއެލް ލޯގޯގައި ހިމެނޭ ރީނދޫކުލަ ބަދަލަުކުރުމުން އެ ހިދުމަތް ފެށުމުގައި މިދިޔަ ސަރުކާރުގައި އިސްކޮށް ހުންނެވި ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ލޯގޯގައި ހުރި ކުލަތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ގޮތަށް ބޭނުންކޮށްފައިވާ ކުލަތަކެއް ނޫން ކަމަށެވެ.
އަސްލަމް ވިދާޅުވީ އާރުޓީއެލް ލޯގޯގައި ހިމެނޭ ތިން ކުލައިން ވެސް ރަމްޒު ކޮށްދެނީ ރާއްޖޭގައި ދަތުރު ފަތުރުކުރުމަށް ބޭނުންކުރަމުން އަންނަ ތިން ގޮތްކަމަށެވެ.
މިހާރު އާރުޓީއެލް ލޯންޗުތަކުގައި ފެންނަ އިން ލޯގޯ
އާރުޓީއެލްގެ ލޯގޯގައި ހިމެނޭ ރީނދޫ ކުލަޔަށް ބަދަލު ގެނައީ ކީއްވެގެންކަމެއް ޓްރާންސްޕޯޓް މިނިސްޓްރީއަކުންވެސް އަދި އެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީއަކުންވެސް ނުބުނެއެވެ.