ads
ކ. ގުރައިދޫ:
ގުރައިދޫ މަރުކަޒުގެ ދިރިއުޅޭ މީހުން މުޖުތަމައަށް އަހުލުވެރިކުރުވަނީ
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) ގައި ދިރިއުޅޭ ފަރާތްތައް މުޖުތަމައަށް އަހުލުވެރިކުރުމަށް ހާއްސަ ޕްރޮގްރާމެއް ފެށައިފިއެވެ.
Advertisement

މި ޕްރޮގްރާމަކީ އެޗްޑީސީއާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ގުޅިގެން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން 17 ފަރާތެއް ހުޅުމާލެއަށް ގެނެސް އާންމު ދިރިއުޅުމުގެ ތަޖުރިބާ ހޯދައިދިނުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

މި ޕްރޮގްރާމްގެ ދަށުން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހުޅުމާލޭގެ މުހިންމު ސަރަހައްދުތަކަށް ޓުއާ ދަތުރެއް ކުރުމާއި، އާއިލީ މާހައުލެއްގައި މެންދުރުގެ ކެއުން އިންތިޒާމްކުރުމާއި، ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމާއި، މިނިވަން ދުވަހަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ފުޅަނދުތައް ބަލައިލުން ހިމެނެއެވެ. މި ޕްރޮގްރާމަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް މުޖުތަމައަށް އަނބުރާ ގެނައުމުގެ ކުރިން އެފަރާތްތައް މުޖުތަމައަށް އަހުލުވެރިކުރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

އެޗްޑީސީން މިފަދަ އިޖުތިމާއީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރާ މުހިންމު މަސައްކަތެކެވެ. މީގެ ކުރިން، އެޗްޑީސީގެ މެނޭޖްމަންޓާއި މުވައްޒަފުން ވަނީ ގުރައިދޫ މަރުކަޒުގެ ހާލަތު ދެނެގަތުމަށް ޒިޔާރަތްކޮށްފައެވެ. އަދި މަރުކަޒުގައި ތިބި ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ސާމާނު ހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިފަދަ ޕްރޮގްރާމްތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް މުޖުތަމައަށް އަހުލުވެރިކުރުމަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް