
އެ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ހާދިސާގެ ހަ އަހަރު ފަހުން ކުރި ހުކުމުގައި ވަނީ އެ މީހާ ފަހުން ކުށަށް އިންކާރު ކޮށްފައިވާއިރު، އޭނާ ކުރިން ބަންދު މުއްދަތު މަޖިލީހުގައި، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް އެއީ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ނަފްސުގެ ދިފާއުގައި ދިން ހަމަލާއެއް ކަމަށް ބުނެފައިވާ ކަމަށެވެ.
އޭނާ ބަންދު މުއްދަތު މަޖިލީހުގައި ވާހަކަ ދައްކާފައިވަނީ ވަކީލެއްގެ އެހީތެރިކަން ނުލިބި އަދި އޭނާގެ އިއުތިރާފްގެ ނަތީޖާ އޭނާއަށް ބުނެދީފައި ނުވަނީސް ކަމަށް ހުކުމުގައިވެ އެވެ.
އެ ހާދިސާ ލޮލަށް ފެނުނު އެއްވެސް މީހެއްގެ ހެކިބަހެއް ލިބިފައި ނުވާ ކަމަށާއި އިއުތިރާފް ބަޔާން ނަގާފައި އޮތްގޮތުން އެ ބަޔާނަށް ބުރަދަން ނުދެވޭނެ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.