ads
"އެވެޓާ: ފަޔާ އެންޑް އޭޝް"ގެ މަންޒަރެއްގައި އެ ފިލްމުގައި މުހިންމު ރޯލެއް ކުޅޭނެ ކެރެކްޓާއެއް.
"އެވަޓާ 3" ގެ ޓްރެއިލާ ދައްކާލައިފި
ހޮލީވުޑްގެ ކާމިޔާބު ފެންޓަސީ ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ފިލްމުގެ ޓްރެއިލާ އާންމުކޮށްފި އެވެ.
Advertisement

"އެވަޓާ" ގެ ޑައިރެކްޓަރަކީ އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 1997 ގެ "ޓައިޓޭނިކް" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

ދެ މިނެޓާއި 25 ސިކުންތުގެ މި ޓްރެއިލާ ޔޫޓިއުބުގައި އާންމުކުރިފަހުން މިހާރު ވަނީ 10 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

"އެވަޓާ" ފަޔާ އެންޑް އޭޝް" ގެ ނަން ދީފައިވާ މި ފިލްމު ސިނަމާތަކަށް އަންނާނީ ޑިސެންމްބަރު 19 ގަ އެވެ. ޑައިރެކްޓަރު ޖޭމްސް ކެމަރޮންގެ މި ފިލްމު ހަދާފައި ވަނީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

ޕެންޑޯރާ ކިޔާ ދުނިޔެއްގައި އުޅޭ އާދަޔާހިލާފު ބަޔަކާއި އިންސާނުންނާ ދެމެދު ހިނގާ ކުރިމަތިލުންތަކެއްގެ މައްޗަށް ގެނެސްދެމުން އަންނަ މި ފިލްމު ސީރީޒަކީ ސައިންސް ފިކްޝަން ޖޯންރާގެ އެއްޗެކެވެ.

"އެވެޓާ" ފަޔާ އެންޑް އޭޝް"ގެ ލީޑު ރޯލުތައް ކުޅެނީ ސޭމް ވޯތިންޓަން އާއި ޒޯއީ ސެލްޑާނާ އެވެ.

"އެވެޓާ" ޖުމްލަ ހަތަރު ސީކުއެލްއެއް އިއުލާންކޮށްފައިވެ އެވެ. ތިންވަނަ ފިލްމު މި އަހަރު ގެނެސްދޭއިރު، ހަތަރު ވަނަ ފިލްމު ގެނެސްދެނީ 2027 ގަ އެވެ. އަދި ފަސްވަނަ ފިލްމު ގެނެސްދެނީ 2029 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް