ފުވައްމުލަކު ހޮސްޕިޓަލުން ބުނީ، މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ގާއިމްކުރެއްވުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މޭއި މަހުގަ އެވެ.
ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެ ހިދުމަތް ފެށުމަށް، އިމާރާތައް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައިމިއީ 2.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.