
އުމުރުން 73 އަހަރުގެ އުރީބޭ އަކީ ކޮލަމްބިއާގެ ތާރީހުގައި ވެސް ކުށެއް ސާބިތުވި ފުރަތަމަ ރައީސް އެވެ. ކުށް ސާބިތުވުމުން އޭނާ ވަނީ 578،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.
އުރީބޭގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެފައިވާއިރު، ހެކިންނަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ތަހުގީގު ކުރާތާ، ގާތްގަޑަކަށް 13 އަހަރު ވެއްޖެ އެވެ.
ހުކުމާ ގުޅިގެން ކޯޓްގައި އުރައިބް ވިދާޅުވީ އޭނަ އެއްވެސް ކުށެއް ނުކުރައްވާ ކަމަށާއި އިއްވި ހުކުމަކީ ޑިމޮކްރަސީގެ އަޑު ކަނޑުވައިލަން ކުރި ހުކުމެއް ކަމަށެވެ. އެހެންވެ އެ ހުކުމް އިސްތިއުނާފު ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ކޮލަމްބިއާގެ ވެރިކަން 2002 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ކުރެއްވި އުރީބޭ އަކީ ކަނާތު ފިޔައިގެ ހަނގުރާމަވެރި ޖަމާއަތްތައް ނައްތާލުމަށް އަސްކަރިއްޔާއާ ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އޭނާއަކީ އަދިވެސް ކޮލަމްބިއާގައި ވަރަށް މަގުބޫލު ބޭފުޅެކެވެ.
އުރީބޭގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން އޭނަ އަށް ދެން ސިޔާސީ އެއްވެސް މަސައްކަތެއް ވެސް ނުކުރެއްވޭނެ އެވެ. އުރީބޭގެ މައްޗަށް އިއްވި ހުކުމަކީ ސިޔާސީ ހުކުމެއްކަމަށް ބުނެ އެ ނިންމުން ބަލާ ނުގަންނަ ކަމަށް އެމެރިކާ ހިމެނޭހެން ބައެއް ގައުމުތަކުން ވަނީ ބުނެފަ އެވެ.