ads
އޮޅު ހިޔާއަށް ގެންދިޔުމަށް ބުޅާތައް މަގުތަކުން ނަގަނީ
އޮޅުހިޔާ ޖާގަ ބޮޑުކޮށް 112 ބުޅަލަށް ހިޔާވަހިކަން ދީފި
އޮޅުހިޔާ ފެސިލިޓީގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށް، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް، އަލުން ފަށާފއިވާކަމަށް ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ބުނެފިެއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ އޮޅުހިޔާ ފެސިލިޓީ ފަށައިގަނެވުނު އިރު، އެތަނުގެ ކަރަންޓީން ޖާގައިގައި، ކަރަންޓީން ކުރެވޭނެ ވަސީލަތެއް ނެތުމުން ކޭޖްތައް ތައްޔާރުކޮށް ފުރަތަމަ ވެއްދުނީ 15 ބުޅާކަމަށެވެ. އަދި އޭގެ ފަހުންވެސް އެކި ފަހަރުމަތިން ބުޅާތައް ވަނީ ފެސިލިޓީއަށް ނަގާފައއިވާކަމަށާއި ކަރަންޓީންގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެހޭކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ބުނީ އޮޅުހިޔާ ފެސިލިޓީ ޖާގަ އެކި ފަހަރުމަތިން އިތުރު ކުރަމުން ގޮސް މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ ވަނީ އިތުރުކޮށްފައިކަމަށެވެ. 

" އެއަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް ކުރަންފެށިއެވެ. ޖުލައި މަހު، 28 ބުޅާ މާލޭގެ އެކި ސަރަހައްދުތަކުން އޮޅުހިޔާގެ ކަރަންޓީން އަށް ލި." މިނިސްޓްރީން ބުނިއެވެ.

މޫސުމް ގޯސްވުމާއި އެކު، މަސައްކަތް މެދުކެނޑިފައި އޮތުންމަށްފަހު އިއްޔެ އެ މަސައްކަތް އަލުން ފެށިއިރު ކަރަންޓީންގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ، ވަނީ ކޮށިތަކަށް ބަދަލުކޮށްފައިކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޖުމްލަ ފެސިލިޓީއަށް، 75 ބުޅާވަނީ ނެގިފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

your imageއޮޅު ހިޔާއަށް ގެންދިޔުމަށް ބުޅާތައް މަގުތަކުން ނަގަނީ 

" މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ،މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުން ބުޅާތައްވަނީ ފެސިލިޓީއަށް ނަގާފައި. ވިއްސާރަވުމުން މަސައްކަތް ހުއްޓާލިއިރު، ޖުމްލަ 37 ބުޅާ މިއަދު ވަނީ ނަގާފައި. އެހެންކަމުން މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމްލަ 112." މިނިސްޓްރީން ބުނެއެވެ.

 ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާންޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް