ads
މުހައްމަދު ޝަހީދު އާއި ރައީސް ޑރ. މުއިއްޒު
ޝަހީދު ފަނޑިޔާރުކަމަށް ނެގުން ހުއްޓުވުމުގެ މައްސަލަ ބަލައިގެންފި
މި ސަރުކާރުގެ ސިޔާސީ އިސް މަގާމެއް ފުރުއްވި މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުން ހުއްޓުވުމަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ބަލައިގެންފިއެވެ.
Advertisement

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ޝަހީދު އައްޔަންކުރަން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފައިވާއިރު، ޝަހީދު ހުވާކުރުން އޮތީ މިރެއަށް ތާވަލުކޮށްފައެވެ.
ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި، އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ފަހަކާ ޖެހެންދެން ކުރެއްވި މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުން މަޑުޖައްސާލަން އެދި ސިވިލް ކޯޓަށް ހުށަހެޅީ ދައުލަތުގެ ވަކީލެއް ކަމަށްވާ އަހްމަދު ނައުޝާދުއެވެ.  

ނައުޝާދަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ވަކީލެކެވެ.
ޝަހީދު ހައިކޯޓަށް ނެގުން ހުއްޓުވުމަށް، ނައުޝާދު ހުށަހެޅުއްވުމަށް ފަހު އެ މައްސަލަ ނިމެންދެން އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. 

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިކޮށް ހައިކޯޓުގެ ފަނޑިޔާރުން ހުވައި ކުރުން މިރޭ ބާއްވަން ޖޭއެސްސީން ވަނީ ނިންމާފައެވެ. ހުވާ ކުރުން އޮންނާނީ ސުޕްރީމް ކޯޓުގައެވެ.

ނައުުޝާދު ސިވިލްކޯޓަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ ސިޔާސީ މަގާމެއް އަދާކުރެއްވި ބޭފުޅަކު، ފަނޑިޔާރު ކަމަށް އައްޔަން ކޮށްގެން ނަޒާހަތްތެރިކަމާ އެކު، މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ޝަހީދަކީ މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައިވެސް ވެރިކަން ކުރާ ޕީއެންސީއަށް ވަރުގަދައަށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ. އަދި ސަރުކާރު ދިފާއުކުރުމަށް އެކި ޕްލެޓް ފޯމުތަކުގައި ވާހަކަ ދައްކަވަމުން އަންނަ ބޭފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް