ގުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް، ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 4،000ރ.އަށް ބޮޑުކޮށް، މިއަދު ޖަމާކުރަން ފަށައިފި އެވެ.

Advertisement
ހާފިޒުންނަށް މީގެކުރިން ދެމުން ގެންދިޔައީ ކޮންމެ މަހަކު 2،000 ރުފިޔާގެ އެލަވަންސެކެވެ. އެލަވަންސް ދެގުނަ ކުރުމުން ކޮންމެ ހާފިޒަކަށް ކޮންމެ މަހަކު 4،000 ރުފިޔާ ކުރިއަށް ދުވަސްތަކުގައި ލިބޭނެ އެވެ.
"ސަރުކާރުން ދެމުން ދިޔަ 2،000ރ. އެލަވަންސްވަނީ 4،000ރ.އަށް ބަދަލުކޮށްފައި. މިއަދު ވަނީ ހާފިޒުންނަށް އެލަވަންސް ބޮޑުވެ ޖަމާކޮށްފައި،" މިނިސްޓްރީން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
ވައުދު ފުއްދުމުގެ ގޮތުން ހާފިޒުންނަށް ދޭ އެލަވަންސް މި އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެގުނައަށް އިތުރުކުރައްވާނެ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ޖޫން 24 ވަނަ ދުވަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ހާފިޒުން ތަމްރީންކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.