ads
ފީއެންސީއަށް 65،000 މެންބަރުން ހަމަވުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މެންބަރު ސުޖާއު: ފޮޓޯ ޕީއެންސީ
ސުޖާއު މާލިއްޔަތު ކޮމެޓީން ވަކިކޮށްފި
ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަކިކޮށްފިއެވެ.
Advertisement

މިކަން ކޮށްފައިވަނީ ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ރިޕޯޓު ސޯޝަލް މީޑިއާއަށް ލީކުވެފައިވަނިކޮށެވެ.

ޝުޖާއު ކޮމިޓީން ވަކިކޮށްފައިވަނީ އެމްއެމްއޭ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ތާވަލުކޮށްފައިވާ ދުވަހު، މިއަދު 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ކުރިންނެވެ. ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް ހަމަޖައްސާފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ. އަދި ޝުޖާއު ބަދަލުކޮށްފައިވަނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށެވެ.

ޝުޖާއާ ގުޅުންހުރި މައްސަލަތައް ތަހުގީގުކުރަނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ. ރައީސް މުހައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު މި މައްސަލަ ބަލަން ފެށިއެވެ. ފުލުހުން މިކަން ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ. ނަމަވެސް ތަހުގީގު ފެށި ތާރީހެއް ނުވަތަ މިހާތަނަށް އެޅިފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް