ads
އުމަރު ނަސީރު
މަސްތުވާތަކެއްޗަށް މަރުގެ އަދަބު: އުމަރުގެ ފާޑުކިއުން
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަޝްވަރާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވުމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.
Advertisement

ޓީވީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ރައީސްގެ މި ހުށަހެޅުން ނިމޭނީ "އިންޑިއާ އައުޓް" ހަރަކާތަށް ވެގެންދިޔަ ގޮތަށް ކަމެއް ވުމެއް ނެތި ކަމަށެވެ.

ރައީސް މުއިއްޒު މިދިޔަ ބުދަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ދަންނަވާފައިވާ ކަމަށެވެ. އެހެންނަމަވެސް އުމަރު ވިދާޅުވީ މިއީ ސީރިއަސް ވާހަކައެއްހެން ނުފެންނަ ކަމަށާއި މީޑިއާގައި ހެޑްލައިނެއް ހަދާލުމަށް ދެއްކެވި ވާހަކަފުޅެއްކަން ކަމަށެވެ.

އުމަރު ވިދާޅުވި ގޮތުގައި ރައީސް ވިދާޅުވެފައިވަނީ މަރުގެ އަދަބު ދިނުމަށް މަޝްވަރާކުރަން ނިންމި ވާހަކަ ކަމަށާއި އެކަން ކުރަން އަންގައިފިކަމަށް ވިދާޅުވެފައިނުވާތީ އެއީ ނިޔަތް ގަނެގެން ދެއްކެވި ވާހަކަފުޅެއް ނޫންކަމަށެވެ. އެހެންނަމަވެސް އުމަރު ފާހަގަކުރެއްވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ، އާއިލާތައް ހަލާކުވަމުންދާއިރު، ވޭތުވެދިޔަ 20 އަހަރުތެރޭ ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް އެކަމުގެ ހައްލު ހޯދުމަށް ވަޢުދުވިޔަސް، އެއްވެސް ބަޔަކަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާކަމަށެވެ. މިގޮތަށް ކަންތައް އޮތްނަމަވެސް 20 އަހަރުފަހުން ނަމަވެސް ސިޔާސީ ލީޑަރަކަށް މިކަމުގެ ހައްލު ވިސްނިވަޑައިގަތީތީ އުފާކުރައްވާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް