ގަލޮޅު ސަހަރާގައި ހަދާފައި މޯޗަރީ ހަދާ އެތަން ބޭނުންކުރަން ފެށީ 1975 ގައެވެ. އެތަން ފުރަތަމަ ހުޅިވިއިރު އެތަނުގައި ބޭއްވޭނީ ދެ މީހުން ހަށިގަނޑެވެ. އޭގެ ފަހުން އެތަނަށް ބަދަލު ގެނެސް މިހާރު އެތަނުގައި އެއްފަހަރާ ހަ މީހުން ހަށިގަނޑު ބޭއްވއެވެ.
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަލޮޅު މޯޗަރީގެ ހިދުމަތް ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ. އަދި ހުޅުމާލޭގައި ހަދާ ތަނުގެ ކެޕޭސިޓީ އިތުރުކޮށް ހުޅުމާލޭގައި ހަދާ އައު އިމާރާތާއެކު އެތަނުގައި އެއް ފަހަރާ 10 ހަށިގަނޑު ބޭއްވޭނެކަމަށެވެ. އަދި އެ އިމާރާތުގައި 2 ސްޓާފުންނަށް ތިބެވޭގޮތަށް އެކަމަޑޭޝަންވެސް ހަދަން ވަނީ ނިންމާފައެވެ.