ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި ހުށަހަޅާފައިވާ މި ބިލު ސްޕޮންސާ ކޮށްފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ. މި ބިލު ބަލައިގަތުމަށް 60 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.
ހުށަހެޅިފައިވާ އިސްލާހުތަކުގެ ދަށުން، ޓެކްސް ބަޔާން ހުށަނޭޅުމާއި މައުލޫމާތު ހުށަނޭޅުމުގެ ކުށްތަކަށް 250,000 ރުފިޔާއިން ޖޫރިމަނާކޮށް، އެއް މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ. މީގެ އިތުރުން، ގާނޫނަށް ގެނެވޭ ބަދަލުތަކުން ދައްކަންވާ ދުވަހަށް ޓެކްސް ނުދައްކައިފިނަމަ ޖޫރިމަނާގެ ރޭޓު 0.05 ޕަސަންޓުން 0.1 ޕަސަންޓަށް ބޮޑުކުރުމަށް ހުށަހަޅާފައިވެއެވެ.