
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ އިސްލާހުތަކުގެ ބޭނުމަކީ ކައުންސިލްތަކުގެ ބާރު ކަނޑުވައިލުން ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ފަލާހް ވިދާޅުވީ، ކައުންސިލްތަކަށް ލިބިފައިވާ ހައްގުތައް ނިގުޅައިގަންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫޅުއްވާ ކަމަށެވެ. އިނގުރައިދޫ ދާއިރާގެ މެމްބަރު ވިދާޅުވީ "އެ ބޭފުޅުންނަށް އެނގޭނެ ﷲ ގެ ރަހުމަތްފުޅުން މި އަންނަ އަހަރު މި އޮންނަ ލޯކަލް ކައުންސިލް އިންތިހާބު، ޝައްކެތް ނެތް 80 ޕަސަންޓު ކާމިޔާބު ކުރާނީ ޕީއެންސީން. އަޅުގަނޑުމެންގެ ކައުންސިލަރުން ތިބޭނީ" ކަމަށެވެ.
ފަލާހް ވިދާޅުވީ، ވެރިކަން ވިޔަސް އަދި ކައުންސިލްތައް ވިޔަސް ފަހު އަހަރު ކުރާ ކަމަކީ ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވެ، ކެމްޕެއިން ކުރުން ކަމަށެވެ. އެހެންވެ، އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ރަށްރަށުގައި ހުންނަ މުހިންމު ބިންތައް ދޫކުރުމާއި މުވައްޒަފުން ނެގުން ކަހަލަ ކަންކަން ބައެއް ކައުންސިލްތަކުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވިގޮތުގައި ޕީއެންސީގެ ކައުންސިލަރުން ވެސް އިންތިހާބު ކާމިޔާބު ކުރަން ނާޖާއިޒު ގޮތުގައި ކަންކަން ކޮށްގެން ނުވާނެއެވެ.