ads
'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ބައެއް ޓަވަރުތައް
4000 ފްލެޓް ދިނުމުގައި އޮޅުވާލާފައިވާކަމަށް ބުނެ އޭސީސީއަށް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިމެނޭ 4000 ހައުސިން ޔުނިޓް ދިނުމުގައި އޮޅުވާލާފައިވާކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފިއެވެ.
Advertisement

މި މައްސަލައިގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ފްލެޓްތައް ކަނޑައެޅުމުގައި، 76 ޕޮއިންޓުން މަތި ލިބުނު އެންމެންގެ ގުރުއަތު ނަގައި އޭގެ ދަށުން ލިބުނު ބަޔަކަށް ފްލެޓް ކަނޑައަޅާފައިވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ. 

މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އޮފިޝަލަކު މި މައްސަލަ ޔަގީންކޮށްދެއްވާފައިވެއެވެ. އެ މިނިސްޓްރީން ކުރިން ބުނިގޮތުގައި، 2023 ނޮވެންބަރުގައި ކުރި އިއުލާނުގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން، ފުރަތަމަ ބުރުގައި 76 ޕޮއިންޓުން މަތިން މާކްސް ލިބިފައިވާ މީހުންނަށް 3 ކޮޓަރީގެ ފްލެޓް ލިބެން ކަނޑައަޅާފައިވާއިރު، ދެވަނަ ބުރުގައި 73 ޕޮއިންޓުން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް 2 ކޮޓަރީގެ ފްލެޓް ދޭން ކަނޑައަޅާފައިވެއެވެ.

ނަމަވެސް މިނިސްޓްރީން ބުނާގޮތުގައި، 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް މީހުންނަށް ފްލެޓް ކަނޑައަޅާފައިނުވަނީސް، 75 ޕޮއިންޓުން މަތިން މާކްސް ލިބުނު ބައެއް މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައިފައިވާކަން ފާހަގަކުރެވެއެވެ. މި ގޮތަށް 301 ފްލެޓް ކަނޑައަޅާފައިވާކަމަށާއި، އެއީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ އެކަން ބަލައިދިނުމަށް އޭސީސީއަށް މައްސަލަ ހުށަހަޅާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް