ads
ކ.ދިއްފުށި
ދިއްފުށީގައި ޓާމިނަލެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ
ކ. ދިއްފުށީގައި ޒަމާނީ ފެންވަރުގެ އެރައިވަލް ޓާމިނަލެއް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް ދިއްފުށީ ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.
Advertisement

މި ޓާމިނަލް އިމާރާތްކުރަންވާނީ އަމިއްލަ ހަރަދުގައި ކްރޮސް ސަބްސިޑީގެ އުސޫލުން ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން، މި މަޝްރޫއުގެ މަސައްކަތް ކުރަންވާނީ އަމިއްލަ ތަކެތީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުން ކުރިއަށްދާނީ 10 އޮގަސްޓް 2025 އިން 14 އޮގަސްޓް 2025 އާ ހަމައަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:45 އާ ދެމެދުގައެވެ. އަދި ބީލަން ފޮތް ވިއްކާނީ 5،000 ރުފިޔާއަށެވެ.

ދިއްފުށީގައި ޒަމާނީ ފެންވަރުގެ އެރައިވަލް ޓާމިނަލެއް ތަރައްގީކުރުމަށް ކައުންސިލުން ނިންމާފައިވާއިރު، ދިއްފުށްޓަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެއްކަން ފާހަގަކޮށްލެވެއެވެ. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 17 އޮގަސްޓް 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކުރުމަށް ކައުންސިލުން އެދިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް