ads
ރައީސް މުއިއްޒު ތިނަދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލު ކުރައްވަނީ - ފޮޓޯ:ރައީސް އޮފީސް
ރައީސް މަސައްކަތް ކުރައްވަނީ ކައުންސިލްތައް ބާރުވެރިކުރަން: އާދަމް ޝަރީފް
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ކައުންސިލުތަކުގެ މާލީ ބާރު ހަނިކޮށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާމު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ފާސްކުރީ އިދިކޮޅު އެމްޑީޕީންނާއި ގިނަ ކައުންސިލުތަކުން އެ އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަމުން އަންނަނިކޮށެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސް މުއިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

"ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރު ކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މާލީ ބާރު ހަނިކުރާ ގޮތަށް ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް 50އަށް ވުރެ ގިނަ ރަށު އަދި އަތޮޅު ކައުންސިލުން ވަނީ ބަޔާން ނެރެފަ އެވެ. 

މިއަދު ފާސް ކުރި ބިލާ ދެކޮޅަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ގާނޫނުއަސާސީ ހިލާފު ކަމަށެވެ. އަދި ބުނެފައި ވަނީ ސަރުކާރުން މަސައްކަތް ކުރަނީ "ހީލަތްތެރި" ގޮތެއްގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށެވެ.

މިއީ ކައުންސިލުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުވައި އާމްދަނީ ހޯދުމަށް ހުރި ދޮރުތައް ބަންދު ކުރުމަށް ގެންނަ އިސްލާހެއް ކަމަށް ވެސް ބައެއް ކައުންސިލުތަކުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް