ads
އދ. އަތޮޅުގެ ފަރަކަށް އެރީ 'އެމްވައި ބިގް ފިޝް' ޔޮޓް
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
Advertisement

އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖޫރިމަނާކުރީ މިދިޔަ އޭޕްރިލްމަހުގެ އދ. އަތޮޅުގެ ފަރަކަށް އެރީ 'އެމްވައި ބިގް ފިޝް' ކިޔާ ޔޮޓެއް ކަމަށެވެ.

ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓުގެ ލޯކަލް އެޖެންޓުގެ ގޮތުގައި ރާއްޖެ އައި ޓެމްޕަލް މެރިން އެލްޓީޑީގެ މި ޔޮޓް ފަރަށް އެރުމުން ޖެހިގެން އައި ދުވަހު އެ އުޅަނދު ފުންކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ. 

ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް  މިދިޔަ ހޫންމަހުގެ 4 ގައި އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާ އެކު ޔޮޓް ފަރަށް އެރި ސަރަހައްދުގައި ޖޮއިންޓް ސާވޭއެއް ކުރިއަށް ގެންދިޔަ ކަމަށް އީޕީއޭ އިން ބުނެއެވެ.

މި ސާވޭގައި އުޅަނދު ފަރަށް އެރި ސަރަހައްދު ބެލުމުން ފަރުގެ 187 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އީޕއޭއިން ބުނެއެވެ. 

އެހެންވެ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން 4.8 މިލިއަން ރުފިޔާ އިން އެ އުޅަނދުގެ ވެރިފަރާތް މިދިޔަ ހޯމަ ދުވަހު ޖޫރިމަނާކޮށްފައިވާކަމަށާއި މި ފައިސާ އެއް މަސް ތެރޭ އީޕީއޭއަށް ދައްކަން އަންގާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް