
މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް ވަހީދު ކަމަށާއި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ކަމަށް ބުންޏެވެ.
މި ނިއުސް އެޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ހަބަރާއި މައުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި މި ހިދުމަތަކީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ހަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯއާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ހިދުމަތެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ދެވޭ ހިދުމަތް ފޯރުކޮށްދެވޭނީ ޔޫތު މިނިސްޓްރީގެ ބައިވެރިވުން އޮންނަ ގޮތަށް ކަމަށް އެނގެއެވެ.
ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅު ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތެވެ. މި އެއްބަސްވުމުގެ ސަބަބުން މީޑިއާގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.