ads
ޕީއެންސީގެ މަޖިލިސް 14 މެމްބަރަކު ވަރަށް އަވަހަށް ވަކިވާނެ: އައްބާސް
ގޮނޑި ގެއްލުނަަސް ހެޔެކަމަށް ނިންމާ ޕީއެންސީގެ މަޖިލިސް 13 މެމްބަރު ވަރަށް އަވަހަށް އެޕާޓީން ވަކިވާނެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅު ވެއްޖެއެވެ.
Advertisement

ފަހަކަށް އައިސް ސަރުކާރަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ އައްބާް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައިި ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެންބަރުން ގޮޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ގައުމާއި، ރައްޔިތުންގެ ހައްގުގައި ޕީ.އެން.ސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމީ ޔަގީން ކަމެއް ކަމަށެވެ. 

އައްބާސް އެ ޕޯސްޓުގައި ވިދާޅުވީ ޕީ.އެން.ސީ ޕީޖީ ގްރޫޕް ގެ ބައްދަލުވުމެއް މިދިޔަ ބުދަ ދުވަހު ބޭއްވި ކަމަށާއި، އެ ބައްދަލުވުމުގައި މެމްބަރުންގެ ކަންބޮޑުވުންތައް ހިއްސާކުރިކަމަަށެެވެ. އަދި މެމްބަރުންނާއި މަޝްވަރާ ކުރުމެއް ނެތި ކުއްލި ކުއްލިއަށް މަޖލިސްއަށް ފޮނުވާ ބިލްތަކަށް ވޯޓް ނުދެއްވާނެކަމަށް މެމްބަރުން ވިދާޅުވިކަމަށް އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ. 

" ދާއިރާ ތަކުގެ ތަރައްގީ އެއްވެސް މިންވަރަކަށް ނުހިނގާ ކަމާއި މޮޅެތި ބަސްތައް ވިދާލުޅުމާއި، ޕްރޮޖެކްޓުތައް އިއުލާން ކުރެއްވުމާއި، ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ މާޔޫސްވެފައި ތިބިކަމަށް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ވިދާޅުވި.." އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

your imageއައްބާސް

އައްބާސް ވިދާޅުވީ ގިނަ މެމްބަރުންތަކެއް ސަރުކާރުގެ ދެއުޅި އެއްނުވާ އޮއްޓަރެއް ނެތް ސިޔާސަތުތަކަށް ފާޑު ވިދާޅުވިއިރު އެންމެ ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި މެމްބަރަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން (އިއްބެ) ކަން އައްބާސް ވަނީ ފާހަގަ ކުރައްވާފަ އެވެ. 

"މަކަރުވެރި ސިޔާސަތުގެ ދަށުން ރައްޔިތުން މަޖުލީސްގެ މެމްބަރުންގެ ގޮޑި ގެއްލޭގޮތަށް އިސްލާހު ހުށައަޅުއްވާ ފާސް ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖުލީސް ގެ މެމްބަރުންގެ ބާރު ކަޑުވާލުމުގެ ނިޔަތުގައިކަމަށް ގިނަ މެމްބަރުން ތަކުރާރުކޮށް ވިދާޅުވި." އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ކޯލިޝަންގައި ހިމެނުނު އެމްޑީއޭގެ މެމްބަރު އައްބާސް ގެންދަވަނީ ފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ވެލިދޫއަށް ރައީސް މުއިއްޒު ދާދި ފަހުން ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ އެ ދާއިރާގެ ކަންކަން ތަރައްގީގެ ކުރަން ކުރާ މަސައްކަތައް ދާއިރާގެ މެމްބަރުގެ އެހީތެރިކަން ނުލިބޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް