ads
އާޒިމާ
ހުވާ ނުކުރާ ފުލުސް މީހާގެ މައްޗަށް މަކަރާ ހީލަތުގެ ދައުވާ އުފުލަން ގޮވާލައިިފި
ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދު، ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިޔަސް ބިރުން އެ ހުވާ ނުކުރާ ކަމަށް ހައި ކޯޓުގައި ބުނުމުން އޭނާގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ އުފުލަންޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
Advertisement

އާޒިމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސާޖިދު އިއުތިރާފްވި ކުށަށް، އޭނާއަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ސާޖިދަކީ ހުވާކޮށްގެން ހުރި ފުލުހެއް ކަމަށް ދައުލަތުން ބުނެފައިވާއިރު، އޭނާގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ މިދިޔަ މެއި ހަތް ވަނަ ދުވަހުން ފެށިގެން ފުލުުހުންގެ ހިދުމަތުގައި ހުއްޓަސް ސާޖިދު ހުވާކޮށްފައިނުވާ ކަމަށެވެ.

ހައި ކޯޓުގައި ސާޖިދު ބުނެފައިވަނީ އޭނާ ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވި ނަމަވެސް ހުވާނުކުރާ ކަމަށެވެ. އަދި ހުވާ ނުކުރިޔަސް ކޮންސްޓަބަލް ގެ ވަޒީފާގައި ހުރެ މުސާރަ ލިބުނު ކަމަށްވެސް އޭނާ އެއްބަސްވިއެވެ. ހުވާނުކޮށް ރަސްމިއްޔާތުގައި ހުރުމުން ފަނޑިޔާރު ނިޔާޒް ވިދާޅުވީ ރަސްމީކޮށް ރަސްމިއްޔާތެއްގައި ބާއްވައި ގާނޫނީގޮތުން ބުނާ ހުވައެއް ކުރުމަށް ހާޒިރުވާ މީހަކު އެ ތަނުގައި ހުރެފައި އަދި ވަޒީފާގައި އެތައް ދުވަހަކު ހުރެފައި ހުވައެއް ނުކުރަމޭ ބުނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. މި މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން ތާވަލް ކުރުމަށް ފަހު އަންގަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރައްވާފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް