މި މިސްކިތަކީ ކުވެއިތުގެ ވިޔަފާރިވެރި ތަލާލް އަލް ޖެރީ ބިނާކޮށްދެއްވި "ހަލީފާ ތަލާލް އަލް ޖެރީ" މިސްކިތެވެ. މި މިސްކިތް ހުޅުވައިދެއްވީ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އަލް ޖެރީއެވެ. ޖުމްލަ 114 މީހުންގެ ޖާގައިގެ މި މިސްކިތް ހުޅުވުމަށްފަހު މަނަދޫގެ ރައްޔިތުން ވަނީ އަލް ޖެރީއަށް ހާއްސަ ޖާފަތެއް ވެސް ބާއްވާފައެވެ.
އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން މަނަދޫގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. އަދި މި މަސައްކަތް ކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.