ލޯބިވެރިޔާއަށް ބިރުދައްކައި އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކްކޮށްލާނެ ކަމަށްބުނެ ބިރުދައްކައި އިންޒާރުދީ، ބްލެކްމެއިލް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ އއ. މަތިވެރި ފަޒާ، އުމުރުން 19 އަހަރުގެ ޒައިދާން މުޙައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ބްލެކްމެއިލް ކުރުމުގެ ދައުވާއެވެ.
މި މައްސަލައިގައި ޒައިދާން ކުރިން ހައްޔަރުވެސް ކުރިއެވެ.