ads
ކުޑަރިކިލު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅަނީ
ކުޑަރިކިލު އާ ސިއްހީ މަރުކަޒު އަޅަން ފެނަކައަށް ދީފީ
ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގެ އާ އިމާރާތް އަޅަން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
Advertisement

ކުޑަރިކިލު ސިއްހީ މައުކަޒުގެ އާ އިމާރާތުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ. އެތަނުގެ ބިންގާ އެޅި ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.  

ކުޑަރިކިލު ސިއްހީ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމާއި ފެނަކަގެ އެމްޑީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހާއި ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާނު އައްބާސްއެވެ

ކުޑަރިކިލު ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް  ފެނަކައާ ހަވާލުކޮށްފައިވަނީ 7.6 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކުރީ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.  

ރައީސް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާތަނަށް ވަޑައިގެންނެވި ރަށްތަކުގައި ވަނީ ތަރައްގީގެ ބައެއް މަޝްރޫއުތައް ފައްޓަވާ ދެއްވާފައެވެ. 

ރައީސް ޑރ. މުއިއްޒުގެ ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި، ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ގޮތުން ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް