
އެ މަޝްރޫއުގެ އެ ކުންފުންޏާ ހަވާލުކުރީ ރައީސް ޑރ، މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން. އޭދަފުށީ ޒިޔާރަތުގެ ތެރޭގަ އެވެ.
އެމްއެންޔޫގެ އޭދަފުށީ ކެމްޕަސް މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަ އަހުމަދު ސައުދީއެވެ. ދި އެމްއެންޔޫ އިން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.
މި މަޝްރޫއުގެ ދަށުން 6000 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާ ހިމެނޭގޮތުނ،ް ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 3200 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާ ހިމެނ،ޭ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކަކާއި 3000އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން 4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް ހެދުމާއ،ި 4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 80.79 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.