
އިމިގްރޭޝަން އޮފީސް އޭދަފުށީގައި ހުޅުވާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި އޮފީސް ހުޅުވާ ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ދޫކުރުމުގެ ހިދުމަތުގެ އިތުރުން އައިޑީކާޑު ވެސް އެ އޮފީހުން މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އައިޑީކާޑު އަދި ޕާސްޕޯޓުގެ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން ފެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިހާތަނަށް 11 އަތޮޅެއްގައި މި ހިދުމަތްވަނީ ފަށާފައެވެ. މީގެއިތުރުން މެލޭޝިއާގައިވެސް ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހެދުމުގެ ހިދުމަތްވަނީ ފަށާފައެވެ. މިއީ ބޭރު ޤައުމެއްގައި މި ހިދުމަތް ފެށި ފުރަތަމަ ގައުމެވެ.