ads
ބިން ހިއްކުން ހުއްޓާލަން ބުނުމުންވެސް އެކަން ހުއްޓާ ނުލާ ކުރާ މަންޒަރު އިޕީއޭއިން އާއްމުކޮށްފައި . ފޮޓޯ: އީޕީއޭ
އީޕީއޭ އުވާލަނީ، ބާރުތައް ހަނިކޮށް ގަވައިދަށް އިސްލާހު ގެނެސްފި
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އުވާލަން ނިންމާފައިވާކަން އެނގިއްޖެއެވެ.
Advertisement

އީޕީއޭ އުފައްދާފައިވަނީ ޑިސެމްބަރު 18، 2008، ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ގަރާރަކުންމެވެ. އީޕީއޭއަކީ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ސައިންޓިފިކް، ރެގިޔުލޭޓަރީ އަދި އެންފޯސްމަންޓް އިދާރާއެކެވެ.

އީޕީއޭ އުވާލަން ނިންމުމާއި އެކު އެތަނުގެ ބާރުތައް ހަނިވާ ގޮތަށް، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ އީއައިއޭ ހެދުމާ ގުޅޭ ގަވައިދަށް އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. އީޕީއޭ މިހާތަނަށް މަސައްކަތް ކުރަމުން އައީ ސަރުކާރުގެ ނުފޫޒެއް ނެތް އިދާރާއެއްގެ ގޮތުގައެވެ. 

ސަރުކާރުން މިއަދު ގެޒެޓް ކުރި، އީއައިއޭ ހެދުމާ ގުޅޭ ގަވައިދަށް ގެނެސްފައިވާ އިސްލާހުތަކުނން އީޕީއޭއިން ކުރަމުން އައި އެ މަސައްކަތުގެ ބޮޑެތި ބާރުތަކެއް ސަރުކާރަށް ނުވަތަ މިނިސްޓަރީއަށް ވަނީ ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް