ads
އޭޖީ އަހުމަދު އުޝާމް: އޭޖީ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރަން މިއަދު ވަނީ ފާސްކޮށްފި -- ފޮޓޯ: އޭޖީ އޮފީސް
އޭޖީ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި
ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
Advertisement

މި ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ގާނޫނު ތަސްދީގު ކުރީ މިއަހަރުގެ 29 އެޕްރީލް ގަ އެވެ. އެ ގާނޫނަށް ބަދަލު ގެނަން ސަރުކާރުން ބިލެއް ހުށަހެޅީ އެ ގާނޫނު ފާސްކޮށް ތަސްދީގުކުރިތާ މަހެއް ނުވަނީހެވެ.

ޕީއެންސީއަށް ނިސްބަތްވާ ފުވައްމަލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގައި، އެ ގާނޫނަށް 14 ބަދަލެއް ގެނައުމަށް އޮތީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ބަންޑާރަނައިބަށް ލިބިދޭ ބައެއް ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ އޮފީހަށް މަސައްކަތައް ބަސް ބުނެވޭ ބަދަލުތައް ހިމެނެ އެވެ.

އަދި ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލް އަދި އެހެން މުވައްޒަފުން ހިމެނޭހެން އެ އޮފީހުގެ މަގާމުތައް ތަރުތީބުކޮށްފައިވާގޮތުގެ އޮނިގަނޑެއް ބަންޑާރަނައިބު އެކުލަވާލައި ރައީސްގެ ހުއްދަ ހޯދަންޖެހޭ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިއިސްލާހުގައި ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް އަދި ލީގަލް ސަޕޯޓް ސާވިސް މުވައްޒަފުންގެ ވަޒީފާ އަދާކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފަ އެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް އެ އޮފީހުން ވަނީ މީގެ ކުރިންވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން، މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސްގެ އޮފީހުގެ ދައުރެއް އޮންނަންޖެހޭކަމަށް އެ އޮފީހުން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އޭޖީ އޮފީހުގެ ގާނޫނު ތަސްދީގު ކުރި ނަމަވެސް އެ ގާނޫނަށް އަމަލު ކުރަން އަދި ނުފަށަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާ މުއްދަތަކަށް އޮތީ، ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން 90 ދުވަހެވެ. އެހެންކަމުން އެ ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދު ފާސްކުރި ބިލުގައި ހުރި ބަދަލުތަކާ އެކު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް