ads
އެއާޕޯޓް އާ ޓާމިނަލް ހުޅުވަން އެރުވި ހަވާގެ ތެރެއިން
ސިފްކޯއިން ހަވާއަރުވައިގެން ލިބޭ ފައިސާ ޗައިނާ ކުންފުންޏަކަށް
ސިފްކޯއިން ހަވާއަރުވައިގެން ލިބޭ ފައިސާގެ ދެބައިކޮށްފައި އެއްބައި ލިބެނީ ޗައިނާ ކުންފުންޏަކަށް ކަމަށް ސިފްކޯގެ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.
Advertisement

ސިފްކޯއާ ގުޅޭގޮތުން އޮޑިޓް އޮފީހުން އެކުލަވާލި ރިޕޯޓުގެ މުހިއްމު ބައިތައް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި، ވަނީ ހާމަކޮށްފައެވެ. 

އެ ރިޕޯޓުގައިވާ ގޮތުން ބަޑިބޭހުގެ ކުޅިވަރުތައް ބާއްވައިގެން އޮކްޓޫބަރު 2014 އިން ޑިސެމްބަރު 2014 ސިފްކޯއަށް 3.03 މިލިއަން ރުފިޔާ ލިބުނެެެވެ. އެހެންނަމަވެސް އެ ފައިސާ އެއްކޮށް ސިފްކޯއަށް ލިބިފައެއް ނުވެއެވެ. 

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ހަވާ އަރުވައިގެން ލިބުނު ފައިސާގެ 50 އިންސައްތަ ސިފްކޯއަށް ލިބިނުއިރު ބާކީބައި ލިބުނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ވެންޒައި އީސްޓް ކޯސްޓް ފަޔަވޯކްސް ކޮމްޕެނީ ލިމިޑެޓަށެވެ. މީ ސިފްކޯއިން މުޅިހެން ބަޑިބޭސް ގަންނަމުން އަންނަ ކުންފުންޏެވެ. 

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސިފްކޯއިން ޗައިނާގެ އެ ކުންފުންޏާ އެކު ބަޑިބޭސް ރާއްޖެ ގެންނަން އެއްބަސްވެ އެކަން ކުރަމުން އައީ މާކެޓުގައި އެކަން އެންމެ އަގުހެޔޮކޮށް ކުރަމުން އަންނަ ކުންފުނިތައް ނުބަލައެވެ. އަދި އެ މަސައްކަތް ކުރުމަށް އެހެން ކުންފުނިތަކުން ޕްރޮޕޯސަލްވެސް ހުށަހަޅާފައެއް ނުވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. 

ސިފްކޯގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސިފައިނަށް ފްލެޓް އެޅުމަށް ހިންގ މަޝްރޫއުގައިވެސް ވަނީ ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަންގެ މައްސަލަތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް