ads
ޑިޕްރެސް ވެފަ އިން ފިރިހެނެއް
ޒުވާނުންގެ ހިތަށް ނޭދެވޭ އަސަރުކުރާ ކަންތައް އިތުރުވަމުން އެބަދޭ
މިހާރު ޒުވާނުންގެ ހިތުގެ ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަންތައްތައް އިތުރުވަމުންދާ ކަމަށް ނަފްސާނީ ޑޮކްޓަރު މިންނީ އަރޯރާ ބުނެފި އެވެ.
Advertisement

ކިޔެވުމުގެ ބުރަ، ވަޒީފާގެ ކުރިމަގާމެދު ކަށަވަރުކަން ނެތުން، އަދި ސޯޝަލް މީޑިއާގައި އެހެން މީހުންނާ އަޅާކިޔުމުގެ ސަބަބުން ޒުވާނުންގެ ކިބައިގައި ނަފްސާނީ ބަލިތައް އިތުރުވަމުން ދާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިފަދަ ދިގު މުއްދަތެއްގެ ނަފްސާނީ ބަލިތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި، ހިތުގެ ވިންދު މަދުން ޖެހުމާއި، އަދި ހިތުގެ ބަލިތަކަށް މަގުފަހިވުން ފަދަ ކަންކަން ކުޑަ އުމުރުގައިވެސް ދިމާވެދާނެ އެވެ. ޑޮކްޓަރު އަރޯރާ ބުނި ގޮތުގައި ނަފްސާނީ ދުޅަހެޔޮކަމާއި ހިތުގެ ސިއްހަތާ ވަރަށް ބޮޑަށް ގުޅިފައިވެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަހައްމިއްޔަތުކަން ނުދިނުމުގެ ސަބަބުން ދިގު މުއްދަތަކަށް ޖިސްމާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިކަމުން ސަލާމަތްވުމަށް، ޑޮކްޓަރު އަރޯރާ ލަފާދެނީ ޒުވާނުން ކަސްރަތުކުރުމާއި، ހަމަޖެހޭ ހިތްމަޑުކުރުމުގެ ތަމްރީނުތައް ކުރުމާއި، ރަނގަޅަށް ނިދުމާއި، އަދި ފޯނާއި ކޮމްޕިއުޓަރު ބޭނުންކުރާ ވަގުތު މަދުކުރުމަށެވެ. އަދި ނަފްސާނީ ގޮތުން އުނދަގޫވާ ހިނދު ޑޮކްޓަރެއްގެ އެހީ ހޯދުމަށްވެސް އޭނާ ބުނެ އެވެ.  

ޑޮކްޓަރު އަރޯރާ އިތުރަށް ބުނީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ނަފްސާނީ ގޮތުން ދެމެހެއްޓުމަށް މުހިންމު ކަމެއް ނޫންކަމަށާއި، ހިތުގެ ސިއްހަތު ރަނގަޅުކޮށް ދެމެހެއްޓުމަށްވެސް މުހިންމު ކަމެއްކަމަށެވެ. އަދި ޒުވާނުން މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ވެސް އޭނާ އެދެއެވެ.        

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް