
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ 'މާމަޑުއްވަރީ" ޓްއަރިޒަމް އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައި އޮތް ނަމަވެސް އެގެރިމެންޓާއި އެއްގޮތަށް އެކަން ނުދާކަމަށް ޓްއަރިޒަމް މިނިސްޓަރީން މައުލޫމާތު ދެއްވާފގައިވާކަމަށެވެ. އެހެންކަމުން އެ ރަށުގެ އެއްބަސްވުން ބާތިލުކޮށް 'މާމަޑުއްވަރީ" ހިތާދޫ މީހުންނަށް ހަވާލުކުރަން ނިންމާފައިވާކަމަށެވެ. ސަބަބަކީ އެރަށަށަކީ ހިތާދޫ މީހުން އިގްތިސާދީ މަސައްކަތްކޮށް ދަތުރު ގޮސް އުޅުނު ރަށަކަށްވާތީ ކަމަށެވެ.
ރައީސް ވަނީ މާމަޑުއްވަރީގެ ބޭނުން ހިތާސީ ރައްޔިތުންގެ މުއްސަދިކަމަށް ބޭނުން ހިފޭ ގޮތަށް ބޭނުންކުރުމަށް އެދިވަޑައިގެންފައެވެ. ރައީސް ހިތާދޫއަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެރަށުގައި ބެހެއްޓި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވާފައެވެ.