
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ، ރައީސް މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހިތާދޫ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔާޑް އަހުމަދު ސައުދީއެވެ.
މި މަސައްކަތުގެ ދަށުން ހިތާދޫ ފަޅުން 15 ހެކްޓަރުގެ ބިން ހިއްކައި އެ ބިިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓުމެންޓު ޖަހާނެއެވެ. އަދި 25 މީޓަރުގެ 6 ފައިކަށި ލެވިގެންދާނެއެވެ.
ހިތާދޫ ރައްޔިތުންނާއި ރައީސް މުއިއްޒު ބައްދަލުކުރެއްވުމުގެ ތެރެއިން
އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 137 މިލިއަން ރުފިޔާގެ އަގަކަށެވެ. އަދި މަސައްކަތް 450 ދުވަހުން ނިންމާ ސަރުކާރާއި ހަވާލުކުރަން ޖެހެއެވެ.
ރައީސް މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުުގައި އެއަތޮޅުގެ ގިނަ މަޝްރޫއުތަކެއް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އޭގެތެރޭގައި ތުޅާދޫ އެއާޕޯޓް އަޅަން ބޭނުންވާ ސަރަހައްދުގެ ބިން ހިއްކުމާއި ބ، ކެންދޫ ބިން ހިއްކުމާއި ކެންދޫގައި އާ ބަނދަރެއް ހެދުން ހިމެނެއެވެ.