
ޒުވާން ހަތީބުގެ ތަމްރީނުކުރުމުގެ ތިންވަނަ ބުރު ނިންމާ 269 ޒުވާނަކު އިއްޔެ ވަނީ ސަނަދު ހާސިލުކޮށްފައެވެ.
އިއްޔެ ސަނަދު ހާސިލުކުރި ޒުވާނުންގެ ތެރޭގައި މިވަގުތަށް ހުތުބާ ކިޔާނެ މީހަކު ނެތް ރަށަކުން ތިން ޒުވާނަކު ހިމެނޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. އެރަށުގައި މިހާތަނަށް ހުކުރު ދުވަހު ހުތުބާ ކިޔަނީ އެހެން ރަށްރަށުން މީހުން ފޮނުވައިގެންކަމަށް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.
ފެރިދޫއިން ހަތީބުކަމުގެ ސަނަދު ހާސިލުކުރި ހަތަރު ޒުވާނުންނަކީ އަހްމަދު އާފާދު ބަޝީރާއި މުހައްމަދު އަޔާން އަހްމަދު ޝާތިރާއި އަހްމަދު ޔާސީން އަބްދުﷲއާއި މުހްއްމަދު މިފްޟާލް އަޙްމަދެވެ. މި ޒުވާނުން މިހާތަނަށް ދިޔައީ ފެރިދޫގައި އިމާމުވެ ނަމާދުކުރަމުންނެވެ.
ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ