ads
ދަރަވަންދޫ އެއާޕޯޓު
ދަރަވަންދޫ އެއާޕޯޓު އައިއޭއެސްއާ ހަވާލުކޮށް، ތަރައްގީ ކުރަނީ
ބ. ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އާ ހަވާލުކޮށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ. އެއާޕޯޓު ހުޅުވާ ހިދުމަތް ދޭން ފެށީ 2012 ވަނަ އަހަރު އެވެ.

 ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު ޑޮމެސްޓިކް އެއާޕޯޓަކީ ދަރަވަންދޫ އެއާޕޯޓު ކަމަށެވެ. އެހެންނަމަވެސް އެ އެއާޕޯޓް އިތުރު ތަރައްގީ ކުރަން މަސައްކަތްތައް ކޮށްފައި ނުވާ ކަމަށެވެ. 

ރައީސް މިރޭ ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަށް އިންވެސްޓުކޮށްފައިވާ ކުންފުންޏާ މަޝްވަރާކޮށް ދެ ފަރާތަށް އެއްބަސްވެވޭ ގޮތަކަށް އެ ކުންފުނި އަތުން އެއާޕޯޓު ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް  އެއާޕޯޓު ތަރައްގީކޮށް، އޮޕަރޭޓު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ދަރަވަންދޫ އެއާޕޯޓް ތަރައްގީ ކުރަން އައިލެންޑް އޭވިއޭޝަނުން ތައްޔާރަށް އޮތްކަމަށެވެ. 

"އެކަން ގަވައިދާ އުސޫލުތަކާ އެއްގޮތަށް ވަރަށް އަވަސްމިނެއްގައި ކުރިއަށް ގެންދާނަން. އެ ތަނަށް އިންވެސްޓުކޮށްފައިވާ ފަރާތާއެކު އެއްބަސްވުމަކަށް އަންނަން،" ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް